Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުންގެ މުސާރައަށް މިހާތަނަށް 9.1 މިލިއަން ހަރަދުކޮށްފި

އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުންގެ މުސާރައިގެ ގޮތުގައި މިހާތަނަށް 9.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަން ހާމަވެއްޖެއެވެ.

މައުލޫމާތު ހޯދާ ލިބިގަތުގެ ޤާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ރިޔާސީ ކޮމިޝަންތަކުން ފާއިތުވި އަހަރުތަކުގައި ކޮށްފައިވާ ހަރަދުތައް ހޯދުމަށް އެދިފައިވާއިރު އެ މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ.

ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އުފެދުނުފަހުން މިހާތަނަށް ވަނީ 9.9 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.

މީގެތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ކޮމިޝަންގެ މެމްބަރުންގެ މުސާރައަށެވެ. އެގޮތުން މެމްބަރުންގެ މުސާރައަށް 9.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ. އަދި ހަރުމުދާ ހޯދުމަށް 6.7 ލައްކަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އާންމު ކޮށްފައިވާ މައުލޫމާތުތަކުން ހާމަވާގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ބޮޑު ހަރަދު ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެގޮތުން 2020 ވަނަ އަހަރު އެކަނިވެސް އެ ކޮމިޝަނުން ވަނީ ހަތަރު މިލިއަނަށް ވުރެއްގިނަ ރުފިޔާ ހަރަދު ކޮށްފައެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވާފައިވަނީ ޓޫރިޒަމަށް ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތާއި ސަރުކާރުގެ ކުންފުނިތަކުން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ބެލުމަށެވެ.