Last Updated: April 23, 16:11
Tuesday, April 23, 2024
ދުނިޔެ

މަހުރަމަކާ ނުލައި އަފްޣާން އަންހެނުން ދަތުރުކުރުން މަނާކޮށްފި

ފޮޓޯ: އޭއެފްޕީ

މަހުރަމަކާ ނުލައި 45 މޭލަށްވުރެ ދުރު ރާސްތާއަކަށް އަންހެނުން ދަތުރުކުރުން އަފްޣާނިސްތާނުގެ ސަރުކާރު ހިންގާ ޠާލިބާނުން މަނާކޮށްފި އެވެ.

އަފްޣާނިސްތާނުގެ މިނިސްޓްރީ އޮފް އަމުރު ބިލް މައުރޫފް ވައްނަހީ އަނިލް މުންކަރިން އިން ކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުން މަރުހަމަކާ ނުލައި ކަނޑައަޅާފައިވާ ދުރުމިނަށްވުރެ ދުރަށް ދަތުރުކުރުން އެ ގައުުމުގެ އަންހެނުންނަށް މަނަލެވެ. އަދި މި އެންގުން ތަންފީޒުކުރުމަށް އެ ގައުމުގެ އުޅަނދުފަހަރުތައް ދުއްވާ މީހުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޠާލިބާން ސަރުކާރުން ވަނީ، ބުރުގާ ނާޅައި އަންހެން ޕްރެޒެންޓަރުން ޓީވީއަށް އެރުންވެސް މަނާކޮށްފައެވެ.

މަހުރަމަކާ ނުލައި އަންހެނުން އެކަނި ދަތުރުކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

އަފްގާނިސްތާނުން އެމެރިކާ ސިފައިން ފޭބުމާއެކު އެގައުމުގެ ބާރު ތާލިބާން ހަނގުރާމަވެރި ޖަމާއަތުން އަލުން ހޯދާފައިވާއިރު، އެގައުމުގެ ރައީސް އަޝްރަފް ޣަނީ ވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފިއެވެ.