Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު ރައީސް ސޯލިހު

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމް އިތުރު 106 ބޭފުޅަކަށް

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަ ލިބިވަޑައިގެންނެވި ބޭފުޅަަށް މެޑަލް ހަވާލުކޮށްދެއްވަނީ

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި އިތުރު 106 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ.

ތިރީސް ފަސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ބޭފުޅުންނަށް ދައުލަތަށް ދިގު މުއްދަތައް ހިދުމަތްކުރުމުގެ އިނާމް ސަރުކާރުން ދިނުމަށް ނިންމައި، އެ އިނާމް އެންމެ ފުރަތަމަ ދެއްވީ މި އަހަރުގެ ޖުމްހޫރީ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި 117 ބޭފުޅަކަށް އެ އިނާމް ދީފައިވެ އެވެ.

ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރުމުގެ އިނާމް މިރޭ ވަނީ 26 އަންހެނުން ބޭފުޅަކަށް ދެއްވާފަ އެވެ. އަދި އަތޮޅު ތެރޭގައި މަސައްކަތްކުރާ 32 ބޭފުޅަކަށް އެ އިނާމް ލިބިވަޑައިގެންނެވި އެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވަނީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.