Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

މޯލްޑިވިއަންގެ ފްލައިން ސްކޫލް މާދަމާ ހުޅުވަނީ

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

އައްޑޫ ސިޓީ ގަމުގައި ހިންގުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ މާދަމާ ރަސްމީކޮށް ހުޅުވުމަށް ނިންމައިފި އެވެ.

އޭވިއޭޝަން އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 9:30 ގައި ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގަ އެވެ.

ޕައިލެޓުން ތަމްރީނު ކުރުމުގެ ގޮތުން ހުޅުވާ މި އެކެޑެމީ ހިންގާނީ ގައުމީ ޔުނިވާސިޓީ އާއި އައިލޭންޑް އޭވިއޭޝަން ގުޅިގެން އުފައްދާފައިވާ ޖޮއިންޓު ވެންޗާ ކުންފުންޏަކުންނެވެ. މި ކުންފުނީގެ ދަށުން އެ ސްކޫލް މެނޭޖް ކުރުމަށް ހަމަޖެހިފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑެމީ އެވެ.

އައްޑޫގައި މީީގެކުރިން ފްލައިން ސްކޫލް ހިންގަމުން އައިސްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އެވެ. އެ ކުންފުންޏާއެކު އޭއައިއޭ އިން ހަދާފައިވާ އެއްބަސްވުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހަމަވެފައިވާއިރު އެއްބަސްވުން އާނުކުރަން އޭއައިއޭ އިން ވަނީ ނިންމާފަ އެވެ.

އެއްބަސްވުން އާނުކުރަން ނިންމިއިރު އެ ސްކޫލްގައި ކިޔަވަމުންދިޔަ ގިނަ އަދަދެއްގެ ދަރިވަރުންގެ ކިޔެވުން ހުއްޓިފައިވާތާ ގިނަ މަސްތަކެއް ވަނީ ވެގެން ގޮސްފަ އެވެ.

މޯލްޑިވިއަން އިން ވަނީ އޭއޭއޭ އިން ހިންގި ފްލައި ސްކޫލަށް ފައިސާ ދައްކައި ކިޔެވުން ކުރިއަށް ނުގެންދެވި ތިބި ދަރިވަރުންނަށް އިސްކަންދޭނެ ކަމަށް ބުނެފަ އެވެ.