Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

ފިލިޕީންސަށް ބްރަހްމޯސް މިސައިލް އެކްސްޕޯޓް ކުރުމަށް، އިންޑިއާއިން ކުރި މަޝްވަރާތައް އެންމެ ފަހު މަރުހަލާގައި

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދީ ރޮނގުތަކެއްގައި ޗައިނާއިން ބާރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައި، އިންޑިއާއާއި ރަޝިޔާ ގުޅިގެން އުފައްދާ ބްރަހްމޯސް ސުޕަރސޮނިކް މިސައިލް ސިސްޓަމްތައް ފުރަތަމަ ގަންނަ ފަރާތަކަށް ފިލިޕީންސް ވުމާ ގާތަށް ޖެހިލައިފިއެވެ.

ފިލިޕިންސާއި އިންޑިއާއިންވެސް މިހާރު އޮތީ މިމަޝްވަރާގެ އެންމެ ފަހު މަރުހަލާގައި ކަމަށާއި ފިލިޕިންސުން ވަނީ މިސައިލްތައް ގަތުމަށް ބަޖެޓެއް ކަނޑައަޅާފައި ކަމަށްވެސް ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ބޭރު މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ފިލިޕީންސްއިން މިސައިލް ވަރަށް އަވަހަށް ގަތުމުމުގެ ފުރުސަތު އެބައޮތް ކަމަށާއި ފިލިޕިންސުން ބްރަހްމޯސް މިސައިލްތައް ގަންނަނީ "ގަވަރމަންޓް-ޓު-ގަވަރމަންޓް" ޑީލެއްގެ ދަށުން ކަމަށް ބެލެވޭކަމަށެވެ. މި ނިމުނު 2021 ވަނަ އަހަރު ކުރީކޮޅު ދެ ގައުމުގެ ދިފާއީ އިންތިޒާމެއްގެ ދަށުން ވަނީ ދިފާއީ އާލާތްތައް އެކްސްޕޯޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

އިންޑޮނޭޝިއާ ހިމެނޭ ގޮތަށް ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކުން ވެސް މި މިސައިލް ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ބޭރުމީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ބްރަހްމޯސް އަކީ އިންޑިއާގެ އާމީ، ނޭވީ އަދި އެއާފޯސްއަށް ހާއްސަ ސުޕަސޮނިކް މިސައިލެކެވެ. މި ޔުނިވާސަލް މިސައިލް ބޯޓުތަކާއި މޯބައިލް ލޯންޗަރުތަކާއި ސަބްމެރިން އަދި މަތިންދާ ބޯޓުތަކުންނެވެ. އޭގައި ނެޓްވޯކް-ސެންޓްރިކް އާކިޓެކްޗަރ، މަލްޓިޕްލް ޓްރެޖެކްޓްރީސް އަދި ވޭ ޕޮއިންޓް ކެޕޭސިޓީގައި އުދުއްސާލުމުގެ ގާބިލުކަން ލިބިގެންވެއެވެ. މިއީ ދުނިޔޭގައި މިހާތަނަށް އަޑުގެ ސްޕީޑަށް ވުރެ ތިން ގުނަ ބާރު މިނުގައި އުދުހޭ ހަމައެކަނި ސުޕަސޮނިކް ކްރޫޒް މިސައިލެވެ.