Last Updated: July 6, 22:22
Monday, July 7, 2025
ވިޔަފާރި

ވީއައިއޭގެ އެއާ ޓްރެފިކް މޫވްމަންޓަށް އިތުރު ރެކޯޑެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އެއާޓްރެފިކް މޫމަންޓްސް އިއްޔެ 826 އަށް އަރާކަމަށާއި މިއީ އާ ރެކޯޑެއް ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ 233 ރަންވޭ މޫމަންޓްސް ހިނގާފައިވާއިރު ސީޕްލޭން މޫމަންޓްސްގެ އަދަދު 593 އަށް އަރައެވެ.

މި ރެކޯޑަކީ 2020 ވަނަ އަހަރުގެ ޖެނުއަރީ އަށްފަހު އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑު މިންވަރަކަށް އިތުރުވި ފުރަތަމަ ފަހަރެވެ. އެފަހަރު ރިކޯޑު ހެދީ 811 މޫވްމެންޓާއެކު އެވެ.

ކޮންމެ އަހަރެއްގެ ކްރިސްމަސް ބަންދު ދުވަސްތަކާއި އާ އަހަރު ފެށޭ ދުވަސްތަކަކީ އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ރާއްޖެއަށް އަންނަ ދުވަސްވަރެވެ. އަދި މި ދުވަސްވަރަކީ ޗުއްޓީއަށްފަހު ގިނަ ބަޔަކު ރާއްޖެއިން ފުރާ ދުވަސްވަރަކަށްވާތީ، ވީއައިއޭ އަށް ވަނީ ވަރަށް ބާރުބޮޑުވެފަ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.