Last Updated: July 19, 18:01
Sunday, July 19, 2026
ކުޅިވަރު

ގާޑިޔޯލާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ސިޓީން ބުނީ ގާޑިޔޯލާގެ އިތުރުން އެސިސްޓެންޓް ކޯޗެއް ކަމަށްވާ ހުއާންމާ ލީލޯ ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިވަގުތު ކޮވިޑާއި ގުޅިގެން 14 ސްޓާފަކާއި ހަތް ކުޅުންތެރިއަކު މިވަގުތު އައިސޮލޭޝަނުގައި އެބަތިބި ކަމަށް ސިޓީން ބުނެ އެވެ.

އެފްއޭކަޕްގެ ތިންވަނަ ބުރުގައި މާދަމާ ރޭ ސިޓީން ސްވިންޑަން ޓައުންއާ ދެކޮޅަށް ނިކުންނައިރު އެ މެޗުގައި ޓީމަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު ރޮޑޮލްފޯ ބޮރެލް އެވެ.

ގާޑިޔޯލާގެ އިތުރުން ބާންލީގެ ކޯޗު ޝޯން ޑައިޗް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ޕްރިމިއާ ލީގުގެ ކްލަބުތަކުން ކޮވިޑް ކޭސްތައް ފެނުން އިތުރުވެފައިވާއިރު، ލީގުގެ ބައެއް މެޗުތައް އަންނަނީ ފަސްކުރަމުންނެވެ.