Last Updated: April 26, 10:28
Friday, April 26, 2024
ކުޅިވަރު

ތައިލެންޑް މުބާރާތުގެ ޑަބަލްސް ޗެމްޕިއަންކަން ދީމާ އަށް

ތައިލެންޑްގައި ބޭއްވި ޓޭބަލް ޓެނިސް މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން ރާއްޖޭގެ އާމިނަތު ދީމާ ހޯދައިފި އެވެ.

މި މުބާރާތުގެ ޑަބަލްސް ބައިގައި ދީމާގެ ޕެއާ އަކީ ތައިލެންޑްގެ ފަންގް އެވެ. އެގޮތުން ފައިނަލް މެޗު ދީމާ އާއި ފަންގްގެ ޕެއާ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެ ސެޓުތައް ގެންދިޔައީ، 11-8، 11-9 އަދި 11-7 އިންނެވެ.

ދީމާ ވަނީ އެ މުބާރާތުގެ އަންހެން ސިންގަލްސްގެ 15 އަހަރުން ދަށާއި އަދި 17 އަހަރުން ދަށުގެ ކުއާޓާ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ.

މިދިޔަ އަހަރު ދީމާ ވަނީ ދުނިޔޭގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ވެސް ކޮލިފައިވެފަ އެވެ. ދީމާ އަކީ މި މުބާރާތަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އެވެ.

ދީމާ ވަނީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީޓީޣެ އަންހެނުންގެ ހުރިހާ އިވެންޓަކުން ރަން މެޑަލް ހޯދާފައެވެ.