Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ދަނގެތީގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރިޔަށް

އދ. ދަނގެތީގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރިޔަށް ދަމުން އަންނަކަން ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެ މަސައްކަތުގެ ދަށުން މިހާތަނަށް 3660 މީޓަރުގެ ކޭބަލް ވަޅުލެވިފައިވާކަމަށެވެ.

އަދި މި މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލުމަށް ހަމަޖެހިފައިވާކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.