Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ރަށްތައް ތަރައްގީ ކުރުމަކީ ވާދަވެރިންގެ ވިސްނުމެއް ނޫން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު--

ރަށްތައް ތަރައްގީ ކުރުމަކީ ވާދަވެރިންގެ ވިސްނުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅުވައި ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވާދަވެރިންގެ ތަސައްވުރަކީ މާލެ ސަރަހައްދަށް މީހުން ޖަމާކުރުން ކަމަށާއި ރަށެއްގެ ތަރައްގީ އެއީ އެމީހުންގެ ވިސްނުމެއް ނޫން ކަމަށެވެ. އެގޮތުން ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށި ތަރައްގީ ކުރުމަށް އެމީހުންގެ މީހަކު ހޮވުމުގެ ބޭނުމެއް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު ދާދިފަހުން "ޗެނަލް 13" އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެއްފަސްކުރުމުގެ ސިޔާސަތުގައި އަދިވެސް ހަބަކަށް ވާނީ މާލެ ސަރަހައްދު ކަމަށާއި ވެރިކަން އަލުން އަނބުރާ ލިބުނަސް ކުޅުދުއްފުށި އާއި އައްޑޫ ސިޓީ ފަދަ ތަންތަން އެއްފަސް ކުރެވިދާނެތޯ ބަލަން ފައިސާ ހަރަދު ނުކުރައްވާނެ ކަމަށްް ވިދާޅުވެފަ އެވެ.

"އެ އެކްސްޕެރިމެންޓެއް ނުކުރާނަން. އެއީ މިހާރު މިއޮތީ ކާމިޔާބު ކަމާއެކީ ޕްރޫވް ކުރެވިފައި އޮތް ޕްރޮޑަކްޓެއް. އެހެންވީމަ އެއްފަސްކުރުން މިކޮޅުގައި (މާލެ ސަރަހައްދު) އޮންނާނީ. މިކޮޅުގަ އެއްފަސްކޮށްގެން މީހުންނަށް ނޫޅެވޭ ވަރަކަށް އަދި ފުރިގެންނެއް މާލެ ސަރަހައްދު ދާނެ ކަމަކަށް ގަބޫލެއް ނުކުރަން. އެއްފަސްކުރުމުގެ ހައްލަކަށް އަދިވެސް މި ބަލަނީ މާލެ އާއި މާލެ ސަރަހައްދު" ޔާމީން ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނުގެ ފޯރި އިންތިހާ އަށް ގަދަވެފައިވާއިރު، މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ.