Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

ކެމްޕޭނަށް ރައީސް ޔާމީން ކޮމަންޑޫ ދާއިރާގެ ރަށްތަކަށް

ރައީސް އަބްދުﷲ ޔާމީން-- ފޮޓޯ: ރައީސް އޮފީސް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގަންނަވާކަން ހާމަކޮށްފިއެވެ.

ޕީޕީއެމް އިން ބުނެފައިވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ މޫސާ ފަތުހީ އާދަމްގެ ކެމްޕޭނަށް ރައީސް ޔާމީން މާދަމާ ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ވަޑައިގަންނަވާނެކަމަށެވެ.

މިދަތުރުފުޅުގައި ށ. ފުނަދޫ ރައްޔިތުން އިންތިޒާމުކޮށްގެން ބާއްވާ "އިންޑިއާ އައުޓް" ހަރަކާތުގައިވެސް ރައިސް ޔާމީން ބައިވެރިވާނެކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.

ކޮމަންޑު ދާއިރާގެ ބައިއިލެކްޝަނަށް ޕާޓީތަކުން ކެމްޕޭން ކުރަމުން އަންނައިރު، ކެމްޕޭންގެ ފޯރި ވަނީ ވަރަށް ގަދަވެއެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ.

ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.