އިންޑޮނީޝިއާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ 6.6 ގެ ބާރު މިނުގައި އިންޑޮނީޝިއާގެ ކައިރިއަށް ބާރުގަދަ ބިން ހެލުމެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވިއެވެ.
ބިން ހެލުން އައީ ރާއްޖެއާ 3657 ކިލޯ މީޓަރު ދުރުންނެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ކޮންމެވެސް ވަރަކަށް ގޯސް ދުވަސްވަރެކެވެ.