Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

އިންޑިއާ އައުޓް ކެމްޕޭނަށް ޔާމީން ފުނަދޫ އަށް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނަށް ކުރީގެ ރައީސް އަބްދުالله ޔާމީން ށ.ފުނަދޫ އަށް މިއަދު ހަވީރު ވަޑައިގެންފި އެވެ.

ޔާމީނަށް ފުނަދޫ އަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު މިއަދު ހަވީރު އެ ރަށުގައި ބާއްވާ ހަރަކާތުގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޔާމީން ވަނީ މިދިޔަ މަހުގެ ފަހުކޮޅު މި ކެމްޕޭނުގެ ތެރެއިން ފ.ނިލަންދޫ އަށް ވެސް ވަޑައިގެންފަ އެވެ. އަދި އޭގެ ކުރިން ގުރައިދޫ އާއި ތުލުސްދޫއަށް ވެސް ޔާމީން ވަޑައިގެންނެވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން މި ހަރަކާތް ރާއްޖޭގެ އެކި ރަށްތަކަށް ވެސް މިހާރު ވަނީ ފުޅާކޮށްފަ އެވެ.