ށ.ފުނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެޗްޕީއޭ އިން ފުނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު އެވެ. އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.
މޮނީޓަރިންގެ ހާލަތަށް ފުނަދޫ ގެނައުމާ ގުޅިގެން އެ ރަށަށް އަރާ ފޭބުން މިހާރު ވަނީ މަނާވެފަ އެވެ.
ފުނަދޫ މޮނީޓަރިންގެ ހާލަތަށް ގެނައީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނަށް ކުރީގެ ރައީސް އަބްދުالله ޔާމީން މިއަދު އެ ރަށަށް ވަޑައިގެން ހަރަކާތެއް ބާއްވާފައިވާ ދަނޑިވަޅެއްގަ އެވެ.
އެގޮތުން ޔާމީން ވަނީ އެ ރަށަށް ވަޑައިގެން އިންޑިއާ އައުޓް ކެމްޕޭނު ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅުދައްކަވާފަ އެވެ. އެ ހަރަކާތުގައި އިދިކޮޅު ކޯލިޝަނުގެ އިސް ލީޑަރުންނާއި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވެފައިވެ އެވެ.