Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ހުޅުދޫ-މީދޫގައި ބާއްވާ އެންމެ ބޮޑު ނެޓްބޯޅަ މުބާރާތް މާދަމާ ފަށަނީ، ސަޕޯޓަރުންނަށް ކުޅިބަލަން ނުވަދެވޭނެ

އެމްއީސީ ބަދަހި ކަޕްގައި ބައްދަލުކުރާ ޓީމްތަކާއެކު ޗެއިންޖަމިއްޔާއިން ބައްދަލިކުރަނީ

އައްޑޫ ސިޓީ މީދޫގެ މީދޫ އެކުވެރިންގެ ޖަމިއްޔާ އާއި ނެޓްބޯޅަ އެސޯސީއޭޝަނުން ބާއްވާ އެމްއީސީ ބަދަހި ކަޕް މާދަމާ ފެށޭނެ އެވެ.

އެމްއީސީ ބަދަހި ކަޕް މާދަމާ މީދޫގައި ފަށާއިރު އައްޑޫގައި ކޮޮވިޑް ފެތުރެމުންދާތީ ސަލާމާތީ ފިޔަވަޅެއްގޮތުން މުބާރާތް ކުރިއަށް ގެންދަނީ ކުޅިބަލަން ސަޕޯޓަރުން ނުވަދެވޭނެ ގޮތަށެވެ. ޗެއިން ޖަމިއްޔާއިން ބުނީ މުބާރާތް ކުރިއަށް ގެންދާނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

އެމްއީސީ ބަދަހި ކަޕްގެ ގުރުއަތު ނެގުނު ގޮތް، މުބާރާތް ފަށާނީ މާދަމާ

އައްޑޫ ސިޓީގައި ކޮވިޑް19 ފެތުރެމުންދާ މިންވަރު މި ވަގުތު އިތުވި ނަމަވެސް އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭ ރެސްޓްރޯރެންޓްތަކާއި އޮފީސްތަކެއް ބަންދެއް ނޫނެވެ. އަދި ޕާޓީތަކާއި އެކި ރަސްމިޔާތުތައް ވެސް ގެންދަނީ ބާއްވަމުންނެވެ.

އެމްއީސީ ބަދަހި ކަޕްގައި ފަސް ޓީމަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި އަމިއްލަ ދެ ޓީމަކާއި ވެމްކޯ އާއި ހުޅުމީދޫ ފުލުހުންގެ ފަރާތުން ޓީމެއް ބައިވެރިކޮށްފައިވެ އެވެ. މުބާރާތް ކުރިން ބޭއްވުމަށް ހަމަޖައްސާފައި އޮތީ ހުޅުމީދޫ ޕޮލިސް ދަނޑުގަ އެވެ. ނަމަވެސް މިހާރު މުބާރާތް ބާއްވާ ގޮތައް ހަމަޖައްސާފައިވަނީ މީދޫ ބަނދަރު ކުރިމަތީ އޮތް ހުސްބިމުގަ އެވެ. އަދި ކުރިއާ ހިލާފަށް މިފަހަރު ހުރިހާ މެޗްތައް ކުޅެން ނިންމާފައިވަނީ ހަވީރެވެ.

މިއަހަރުގެ މުބާރާތުގައި ޗެންޕިއަންޓީމަށް 10000ރުފިޔާ އަދި ރަނަރަޕްޓީމަަށް 5000 ރުފިޔާ ހުށައަޅާފައިވެ އެވެ.

މި މުބާރާތަކީ ހުޅުދޫ އާއި މީދޫގައި އުޅޭ އާއްމުންގެ މެދުގައި ގުޅުންބަދަހިކޮށް އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ޗެއިން ޖަމިއްޔާއިން ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ޓީމްތަކުން ރަށުން ބޭރުން ކުޅުންތެރިންވެސް ބައިވެރިކުރެ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމްގެ ކުޅުންތެރިންވެސް ހިމެނެ އެވެ.

މި މުބާރާތުގެ މީޑިޔާ ޕާޓްނަރަކަަށް ހަމަ ޖައްސާފައިވަނީ އައްޑޫލައިވް އެވެ. އައްޑޫލައިވް ފޭސްބޫކް ޕޭޖްމެދުވެރިކޮށް މުބާރާތުގެ މެޗްތައް ލައިވްކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައި އެވެ.

މުބާރާތް ކުރިއަށްދާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.