Last Updated: April 24, 10:23
Wednesday, April 24, 2024
ކުޅިވަރު

ކޮމަންޑޫގެ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ފަށައިފި

ށ.ކޮމަންޑޫގެ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

މި މަސައްކަތުގައި ހިމެނެނީ، ކޮމަންޑޫގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމާއި ޓާރފް އެޅުމުގެ މަސައްކަތެވެ. މިއީ އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތެކެވެ.

އެމްޓީސީސީން ބުނީ މުޖުތަމަޢުގެ ކަންކަމަށް ޙިއްޞާކުރުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ ސަޤާފަތުގައި ހިމެނޭ ކަމެއް ކަމަށާއި އެގޮތުން ކުންފުނީގެ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގުރޮނގުން އިޖްތިމާޢީ ޒިންމާ އަދާކޮށްދީފައިވާނެ ކަމަށެވެ.

އެމްޓީސީސީގެ އަމާޒަކީ މަޝްރޫޢު ވެސް ކާމިޔާބު ކަމާއެކު ނިންމާލައި ސަރުކާރާ ވީ އެންމެ އަވަހަކަށް ހަވާލުކުރުމެވެ.