ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ، މިއަދު ހެނދުނު 8:00 ހާއިރު ފޭދޫ ހެލްތު ސެންޓަރަށް ގެނައި 34 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 265 އަށް އަރާފައެވެ.
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 100،451 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 5118 ކަމަށްވާއިރު އޭގެތެރެއިން 25 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.