Last Updated: July 2, 23:14
Thursday, July 3, 2025
ޚަބަރު

މިއަދުގެ ކޮވިޑް ނަމްބަރު 900 އިން މައްޗަށް

ސާމްޕަލް ނެގުމާއި ޓެސްޓް ހެދުމުގައި މަސައްކަތް ކުރާ ރެޕިޑް ރެސްޕޮންސް ޓީމް މަސައްކަތުގައި / ފޮޓޯ: ހެލްތް މިނިސްޓްރީ

ރާއްޖެއިން އިތުރު 967 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 475 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 290 ކޭސް އަދި ރިސޯޓުތަކުން 87 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 101،418 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 5881 ކޭސް އެވެ. މި ބަލިން 95،259 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 22 މީހަކަށެވެ. މި ބަލީގައި 265 މީހަކު ވަނީ ނިޔާވެފައެވެ.