އައްޑޫ ސިޓީން އިތުރު 26 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އައްޑު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 26 ކޭސްގެ ތެރެއިން 12 ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށްވާއިރު ހުޅުދޫ އިން ތިން ކޭސް، މީދޫން ހަ ކޭސް، ފޭދޫން ތިން ކޭސް، މަރަދޫފޭދޫން އެއް ކޭސް ފެނިފައިވާ ކަމަށެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގަ އެވެ. އެގޮތުން ހިތަދޫގައި 104 ކޭސް އުޅޭއިރު، މީދޫގައި 49 ކޭސް، ހުޅުދޫގައި 31 ކޭސް، ފޭދޫގައި 18 ކޭސް، މަރަދޫގައި ފަސް ކޭސް އަދި މަރަދޫފޭދޫގައި 10 ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ބުނެ އެވެ. އެއާއެކު އެކްޓިވް ކޭސްގެ އަދަދު މިހާރު ވަނީ 224 އަށް އަރާފަ އެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. މި ބަލީގައި 14 މީހަކު ވަނީ އައްޑޫ އިން ނިޔާވެފަ އެވެ.