Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

މަބްރޫކް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

މަބްރޫކް އަޒީޒް-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މަބްރޫކް ވިދާޅުވެފައިވަނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށެވެ.

ގިނަ ބަޔަކަށް މަބްރޫކް އެނގިގެން ދިޔައީ، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާޏްގެ ގޮތުގައި ހުންނަވާ އޭރުދެއްވި ޕްރެސްތަކުގައެވެ.

އޭގެފަހުން މަބްރޫކަށް ވަނީ ރައީސް އޮފީހުގެ ތަރުޖަމާންގެ މަގާމު ދެއްވާފައެވެ.