ޑައިވިނަށް ފޭބި ފަތުރުވެރިޔަކު ގެއްލިގެން ހޯދަން އެމްއެންޑީއެފުން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ އދ.މަންދޫ ކައިރި ފަރަކަށް ޑައިވް ކުރަންދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިއެއް ކަމަށެވެ.
އެގޮތުން އެ ދޯނިން ޑައިވިނަށް އިތުރު ފަތުރުވެރިންތަކެއް ވެސް ފޭބި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ގެއްލިގެން އުޅޭ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން މިހާރު އަންނަނީ ކުރަމުންނެވެ.