Last Updated: April 26, 06:14
Friday, April 26, 2024
ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ނަޝީދު ލަންކާ އަށް

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައީސް އޮފީސް

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްރީލަންކާ އަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ ނަޝީދު ލަންކާ އަށް ކުރައްވާ ދަތުރުފުޅަކީ ލަންކާގެ ޔޫތް މިނިސްޓަރު ނަމާލް ރާޖަޕަކްސަގެ ދައުވަތަކަށް މި މަހުގެ 16 އިން 18 އަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިއީ ފަސްވަނަ ސްރީލަންކާ ޔޫތު ޕާލަމެންޓުގެ ދެވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.

މި ސެޝަނަކީ ލަންކާގެ ޒުވާނުންގެ ލީޑަޝިޕްގެ ހުނަރުތައް އަށަގެންނެވުމަށާއި، އެ ހުނަރުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ނޭޝަނަލް ޔޫތް ސާވިސަސް ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ސެޝަނެކެވެ.

މި ދަތުރުފުޅުގައި ލަންކާގެ އިސްވެރިން އަދި އެގައުމުގެ އޮފިޝަލުންނާއި ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކާ ނަޝީދު ބައްދަލުކުރައްވާނެ ކަމަށްވެސް މަޖިލީހުން ބުނެ އެވެ.