Last Updated: July 2, 23:14
Thursday, July 3, 2025
ވިޔަފާރި

ގާފަރުގައި ބެހެއްޓި ފެން ޕްލާންޓުން ފެން ދޫކުރަން ފަށައިފި

ކ. ގާފަރުގައި ބަހައްޓާފައިވާ 15 ޓަނުގެ ދެ އާރްއޯ ޕްލާންޓުން އާންމު ބޭނުންތަކަށް ގާފަރުގެ ރައްޔިތުންނަށް ފެން ދޫކުރަން ފަށައިފި އެވެ.

ސްޓެލްކޯ އިން ބުނީ ގާފަރުގައި މިވަގުތު ގާއިމްކޮށްފައިވާ ފެނުގެ ސިސްޓަަމަކީ ގެތަކަށް ނެޓްވޯކް/ހޮޅި ގުޅާފައިވާ ސިސްޓަމަކަށް ނުވުމުުން އާންމު ބޭނުންތަކަށް ފެންދޫކުރުމަށް ހަމަޖެހިފައިވަނީ ފެން ޕްލާންޓުގެ ބޭރުގައި ހަރުކޮށްފައިވާ ފެން އިސްކުރުން ކަމަށެވެ.

އެގޮތުން ކޮންމެ މީހަކަށް ވެސް މި އުސޫލުގެ ދަށުން ދޫކުރެވޭނީ ދުވާލަކު ގިނަވެގެން 20 ލީޓަރުގެ ފެން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ފެން ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ވެސް ހަވީރު 16:00 އިން 18:00 އަށް ކަމަށް ސްޓެލްކޯ އިން ހާމަކުރެ އެވެ.