Last Updated: April 19, 11:14
Friday, April 19, 2024
ވިޔަފާރި

މަޑިވަރު އެއާޕޯޓު ހިންގުން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

މަޑިވަރު އެއާޕޯޓު ހިންގާ ބެލެހެއްޓުން އައިލެންޑް އޭވިއޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ ފާދިއްޕޮޅު މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގގެ ފަރާތުން ތަރައްޤީ ކޮށްފައިވާ މަޑިވަރު އެއަރޕޯޓް ހިންގުމަށް އެ ކުންފުންޏާއި ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާއި ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މަޑިވަރު އެއްރޕޯޓް ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާއި ގުޅިގެން ފަށައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ. އަދި އެއާރޕޯޓް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމުމާއެކު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެބުރުވަރީ މަހު މަޑިވަރު އެއާރޕޯޓަށް ފެށުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މިވަގުތު އައިލެންޑް އޭވިއޭޝަންގެ ފަރާތުން ދަނީ ތިން ޑޮމެސްޓިކް އެއަރޕޯޓެއް ހިންގަމުންނެވެ. އެއީ ބ.ދަރަވަންދޫ، ތ. ތިމަރަފުށި އަދި ރ. އިފުރު އެއަރޕޯޓެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ދަނީ ނ. މާފަރުގައި އިންޓަރނޭޝަނަލް އެއާޕޯރޓެއްވެސް ހިންގަމުންނެވެ.