Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ކޮވިޑް ނަމްބަރު 2،000 އިން މައްޗަށް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓް ކުރަނީ / ފޮޓޯ: އޭއީއެޗް

ރާއްޖެއިން އިތުރު 2137 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 1219 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 547 ކޭސް އަދި ރިސޯޓުތަކުން 89 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 108،732 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 9574 ކޭސް އެވެ. މި ބަލިން 98،880 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 43 މީހަކަށެވެ. މި ބަލީގައި 265 މީހަކު ވަނީ ނިޔާވެފައެވެ.