Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ހިދުމަތް ފޯރުކޮށްނުދޭ ޓެކްސީތަކުގެ މައްސަލަ ހުށަހަޅަން އަންގައިފި

ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ޓެކްސީގެ ޚިދުމަތަށް އެދުމުން ބޭނުންވާ ޚިދުމަތް ފޯރުކޮށް ނުދޭ ފަރާތްތަކުގެ މައްސަލަ ހުށަހަޅަން ޓްރާންސްޕޯޓު މިނިސްޓްރީން އެދިއްޖެ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނީ މާލެ ޞަރަޙައްދުން ޓެކްސީގެ ޚިދުމަތަށް އެދޭ ފަރާތްތަކުން ޓެކްސީ ހޯދުމަށް ސެންޓަރުތަކުގައި އެދުމުން އެފަރާތްތަކަށް ޚިދުމަތް ނުލިބޭ ކަމަށާއި އަދި މާލެ ތެރޭގައި ދަތުރުތައް ނުނަގާ ހުޅުލެއާއި ހުޅުމާލޭގެ ދަތުރުތައް ނަގަމުންދާ ކަމުގެ ޝަކުވާ ޢާއްމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

އެގޮތުން ޢާއްމު ރައްޔިތުން ޓެކްސީގެ ޚިދުމަތަށް އެދުމުން ބޭނުންވާ ޚިދުމަތް ފޯރުކޮށް ނުދޭ ފަރާތްތަކުގެ މަޢުލޫމާތު މިނިސްޓްރީގެ ފޯނު ނަންބަރު 7943434 މެދުވެރިކޮށް ވައިބަރ މެސެޖްއިން ޙިއްސާކޮށްދިނުމަށް ވަނީ އެދިފަ އެވެ.

މިނިސްޓްރީން ވަނީ ޢާއްމު ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޓެކްސީ ސެންޓަރުތަކުގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކާމެދު ކުރިއަށް އޮތްތަނުގައި ޤާނޫނާއި ޤަވާއިދުގެތެރެއިން ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފަ އެވެ.