Last Updated: March 28, 19:01
Thursday, March 28, 2024
ވިޔަފާރި

މާދަމާ ހެނދުނު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ އެންމެ ބޮޑު ކުންފުނި ސްޓެލްކޯ-:

މާދަމާ ހެނދުނު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން މިރޭ ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑްގެ މެއިންޓަނަންސް މަސައްކަތެއް މާދަމާ ކުރުމަށް ހަމަޖެހިފައިވާތީ، މި މަސައްކަތުގެ ތެރެއިން މާދަމާ ހެނދުނު 6:00 އިން 6:30 އާއި ދެމެދު މާލެ އާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މަޝްރޫއުއަކީ މާލެ، ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލަން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ، ހުޅުމާލެ އަދި ހުޅުލެ ގުޅުވާލާއިރު، ދެވަނަ ފިޔަވަހީގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ވަނީ ރާވާފަ އެވެ.