Last Updated: May 20, 11:03
Tuesday, May 20, 2025
ޚަބަރު

"ވެރިކަމުގެ 100 ފޫޓާ ވެސް އެމްޑީޕީ ކައިރިކުރާކަށް ނުވާނެ"

އެމްޑީޕީ އަކީ އެއް އިރެއްގައި ވެސް ވެރިކަމާ ގާތްކުރަން ހެޔޮވާ ވަރުގެ ބައެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އަނެއްކާ ވެސް ވަރަށް ބޮޑަށް އެ ޕާޓީ އަށް ފާޑު ވިދާޅުވެއްޖެ އެވެ.

މި ފަހުން ވަރަށް ބޮޑަށް އެމްޑީޕީ އާއި މިހާރުގެ ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ ޖަމީލު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އެމްޑީޕީ އަކީ އަނިޔާވެރިވުން ނޫން ކަމެއް އެއް އިރެއްގައި ވެސް އޮތް ޕާޓީއެއް ނޫން ކަމަށެވެ.

"ހާމަވެގެން މި ދަނީ ވެރިކަމާ 100 ފޫޓަށް ވެސް ކައިރިކުރަން ހެޔޮވާވަރުގެ ބައެއް ނޫންކަން [އެއީ]. އެމްޑީޕީގެ އިންސާފުގެ އޮޑީގެ މިސްރާބު ގެއްލި ކައްޕި ވެސް ރުޅިގަދަވެއްޖެ. އަމިއްލަ ޕާޓީ މީހުންނަށް ވެސް ވަޒީފާގެ ރައްކާތެރިކަމެއް ނެތް." އޭނާ ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ޓެކްސް ފައިސާ އިން މަޖިލިސް މެމްބަރުން ވެސް ހައްދަވަނީ ހިތުހުރި ގޮތެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކުރައްވައި ވިދާޅުވީ އެ މަނިކުފާނު ވެސް "ގަނޑުވަރު ހަދައިފި" ކަމަށެވެ.

"ކުރީގެ މެމްބަރުންގެ އާއިލާ [ތައް] ވެސް ރޯޔަލްވެއްޖެ. ނިކަމެތި މީހާގެ ބުރަ މަސައްކަތުން ހޯދާ ފައިސާކޮޅު ދަމައިގަންނަން ހިފާފަ. އެމްޑީޕީއަށް އެނގެނީ ހުސް ޚަރަދުކުރަންބާ؟ ރައްޔިތުން ހަނާކުރަން ހިފާފައި." ޖަމީލު ވިދާޅުވި އެވެ.