އަލުން ހަނދަށް ދާން އެމެރިކާ އިން ފަށާފައިވާ "އާޓެމިސް" ޕްރޮގްރާމްގެ ތެރެއިން އެ މަސައްކަތުގެ ޓެސްޓް ދަތުރަށް ފޮނުވަން ތައްޔާކުރި ރޮކެޓް ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.
އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ޕްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުގައި ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރޮކެޓް، ސްޕޭސް ލޯންޗް ސިސްޓަމް (ސްޕޭސްއެލްއެސް) ދައްކައިލީގެ އޭގެ ލޯންޗް ޕެޑާ އެކީގަ އެވެ. ނާސާ އިން ބުނި ގޮތުގައި ރޮކެޓް އުދުއްސައިލުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ހުރިހާ ޓެސްޓްތަކެއް ނިންމައި، އެ ނަތީޖާތަކަށް ބިނާކޮށް ކްރޫއަކާ ނުލައި ފޮނުވައިލާ ރޮކެޓް އުދުއްސާލުމުގެ މަސައްކަތް ވެސް މާ ލަސްތަކެއް ނުވެ ދެން ފެށިގެން ދާނެ އެވެ.
.@NASA_SLS and @NASA_Orion are on the way to Pad 39B! Check out photos as they were rolled out atop the mobile launcher! 📷https://t.co/RgnwqO63ib pic.twitter.com/flKzQ9PHnJ
— NASA HQ PHOTO (@nasahqphoto) March 18, 2022
ހަދަށް ފޮނުވާ ރޮކެޓް ދައްކައިލަން ބޭއްވި ރަސްމިއްޔާތުގައި ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަަން ވިދާޅުވީ ހަނދަށް ދާން އަލުން ފެށޭ މި މަސައްކަތަކީ ޖައްވީ މަސައްކަތުގެ ރަންޒަމާނެއް ފެށިގެން ދިއުން ކަމަށެވެ. އަދި މިއާ އެކު މި ޖީލުގެ އެސްޓްރޮނޯޓުން ހަނދަށްދާނެކަމީ ކަށަވަރު ކަމެއް ކަމަށް ވިދާޅުވި އެވެ.
At 4:15am ET this morning, our 322-foot tall, 3.5-million-pound #Artemis I rocket arrived at the launchpad.
Soon, teams will begin the final prelaunch test for the @NASA_SLS rocket, which will practice the launch countdown and the loading of fuel. https://t.co/4dhtzhyeNb pic.twitter.com/kbyS7uUAqW
— NASA (@NASA) March 18, 2022
"އަދި މީގެ އެންމެ ހާއްސަ ކަމަކީ ހަނދަށް ކުރާ ދަތުރުގައި އަލަށް އަންހެން އެސްޓްރޯނަޓަކު ވެސް ބައިވެރިވުން." ބިލް ވިދާޅުވި އެވެ.
ނާސާ އިން ނިންމާފައި އޮތީ "އާޓެމިސް" ޕްރޮގްރާމްގެ ތެރެއިން ދެ އެސްޓްރޮނޯޓަކު ހަނދަށް ފޮނުވާށެވެ. އަދި އޭގެ ތެރެއިން އެއް ޖާގަ ދޭނީ އަންހެން އެސްޓްރޮނޯޓަކަށް ދޭށެޗެ. ކުރިން އަމާޒު ހިފާފައި އޮތީ 2024 ގައި ހަނދަށް ދާން ކަމަށް ވިޔަސް، މިކަމާ ގުޅުން ހުރި އެކިއެކި މަސައްކަތްތަކަށް ލަސްތަކެއް އައުމާ ގުޅިގެން ހަނދަށް ކުރާ ދަތުރު ބޭއްވޭނެ ކަމަށް މިހާރު ލަފާކޮށްފައި އޮތީ 2025 ގަ އެވެ.
ހަނދަށް ދާން ބަންނަ އުޅަނދުގެ މަސައްކަތް ނާސާ އިން ހަވާލުކޮށްފައި އޮތީ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސްއާ އެވެ.