Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ފުލުހުންގެ މޮބައިލް އެޕް ލޯންޗްކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތް ފަސޭހަ އިން ހޯދޭ ގޮތަށް ތައްޔާރުކޮށްފައިވާ މޮބައިލް އެޕް ރޭ ލޯންޗްކޮށްފި އެވެ.

ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި އެޕް ލޯންޗްކޮށް ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

"ޕޮލިސް އެމްވީ" ގެ ނަމުގައި ހެދި އެޕް މެދުވެރިކޮށް ފުލުހުން ފޯރުކޮށްދޭ ހިދުމަތްތައް ބަލަލާލައި ޑްރައިވިން ލައިސަންސްގެ މައުލޫމާތާއި އެ މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ އަހަރީ ފީ ސްޓޭޓަސްޓްރެފިކް މައްސަލަތަކާއި ޕާކިން މައްސަލަތައް ކަންކަން ސާފުކުރެވޭނެ އެވެ. އަދި އާންމުން ފުލުހުންނަށް ހުށަހަޅާ މައްސަލަގެ އަޕްޑޭޓް ބެސް ބެލޭނެއެވެ. މީގެ އިތުރުން ފުލުހުންނާ މެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުން ނަމ އެ އެޕް މެދުވެރިކޮށް އެކަން ވެސް ކުރެވޭނެ އެވެ.

ހަމަ މިއާއެކު ކުށުގެ ރިކޯޑު ބެލުމާއި، ޕޮލިސް ރިޕޯޓަށް އެދުންފަދަ ޚިދުމަތްތައް ވެސް އެ އެޕް މެދުވެރިކޮށް ހޯދޭނެ އެވެ. ފުލުހުންނާ ގުޅަން ޖެހިއްޖެ ހާލަތެއްގައި ނެއިބަހުޑް ޕޮލިސް އޮފިސަރުންގެ މަޢުލޫމާތާއި ޕޮލިސް ސްޓޭޝަންތަކުގެ މައުލުމާތޫ އެޕުން ބަލާލެވޭގޮތަށެވެ.

މި އެޕް އައިއޯއެސް އާއި އެންޑްރޮއިޑް ފޯނުތަކުގައި ވެސް ބޭނުންކުރެވޭނެ އެވެ.

ފުލުހުންގެ އެޕާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތްތައް މިހާރު އަންނނަނީ ޑިޖިޓަލައިޒްވަމުން ކަމަށާއި ރައީސް އެޕްގެ ސަބަބުން ފުލުހުންގެ ޚިދުމަތަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށެވެ.