Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޓެކްނޯލޮޖީގެ ޢީޖާދުތަކަށް ރާއްޖޭގެ ބޭނުން ހިފޭނެ

ޓެކްނޯލޮޖީގެ އާ ޢީޖާތުތައް ޓެސްޓު ކުރުމަށް ބޭނުން ހިފޭނެ ޤައުމަކަށް ރާއްޖެވާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ވަރލްޑް ގަވަރމަންޓް ސަމިޓް 2022 ގައި ވާހަކަފުޅުދައްކަވަމުން ޝައުނާ ވިދާޅުވީ ސެޓެލައިޓާއި ޑްރޯން ފަދަ ޓެކްނޯލޮޖީގެ އެހީގައި ރާއްޖޭގެ އައްސޭރިފަށާއި ފަރުތަކުގެ ގުދުރަތީ ޙާލަތު ދެނެގަނެ މިފަދަ މަޢުލޫމާތުގެ އެހީގައި އެނގިތިބެ ކަމާގުޅޭ ނިންމުންތައް ނިންމޭނެ ކަމަށެވެ.

އެގޮތުން ރާއްޖެއަކީ ކުޑަ ޤައުމެއްކަމުން އުފެއްދުންތެރި އާ ޓެކްނޯލޮޖީގެ ޢީޖާދުތައް ޓެސްޓު ކުރުމަށް ބޭނުން ހިފޭނެ ޤައުމަކަށް ރާއްޖެ ވާނެ ކަމަށްވެސް ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވަނީ ރާއްޖެ ހިމެނޭހެން ދުނިޔޭގެ ތަރައްޤީގައި ޓެކްނޯލޮޖީ އަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާކަން ހާމަކުރައްވައި، ދިވެހި ސަރުކާރުން ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމަކަށް ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތައް ވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ވިލުންވެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ޓެކްނޯލޮޖީ އަދި އެކަމާ ގުޅޭ މަޢުލޫމާތު އެނގުން މުހިންމުކަން ޝައުނާ ފާހަގަކުރެއްވި އެވެ.

މީގެެއިތުރުން ޝައުނާގެ ވާހަކަފުޅުގައި ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން ބެހިފައި ހުރިގޮތުން ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތާއި ތަޢުލީމު ހުރިހާ ރަށަކަށް އެއް ހަމައެއްގައި ފޯރުކޮށްދިނުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއްކަން ފާހަގަކުރެއްވި އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖެއަކީ ވިލުންތެރިކަމަށް އިސްކަންދޭ ޤައުމަކަށް ވާންޖެހޭކަން ވެސް ޝައުނާ ފާހަގަކުރެއްވި އެވެ.

މި ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ޔޫ.އޭ.އީގެ ދުބާއީއަށް ވަޑައިގެންނެވި ދިވެހި ވަފުދުގެ ވެރިއަކީ ނައިބު ރައީސް ފައިޞަލް ނަސީމެވެ.