Last Updated: March 29, 14:00
Friday, March 29, 2024
ދުނިޔެ

ލަންކާގައި ސޯޝަލް މީޑިއާ ވެސް ބްލޮކް!

އިގުތިސާދީ ގޮތުން ގައުމުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، އާންމު ރައްޔިތުން މަގުމައްޗަަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަަޑު އުފުލަމުންދާތީ ކާފިއު އިއުލާންކޮށް، ސްރީ ލަންކާގައި ސޯޝަލް މީޑިއާ ވެސް ބޭނުން ނުކުރެވޭ ގޮތް ހަދައިފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރާ މައިގަނޑު ހުރިހާ ޕްލެޓްފޯމްތަކެއް އެ ގައުމުގައި މިހާރު ވަނީ ބުލޮކްކޮށްފަ އެވެ. އޭގެ ތެތޭގައި ފޭސްބުކާއި ޓްވިޓާއި އިންސްޓަގްރާމާއި ވަޓްސްއެޕާއި ޔޫޓިއުބް ހިމެނެ އެވެ. ރާޖްޕަކްސާ އާއިލާގެ "ވަކިތަކުގެ" ތެރޭގައި އޮތް ލަންކާ އަށް އަށް މިހާރު މި ދިމާވެފައިވާ މާލީ އަދި އިގުތިސާދީ ދަތިކަމަކީ މި ފަހުގެ ތާރީހެއްގައި ކުރިމަތިނުވާ ބަރުގެ ބޮޑު ދައްޗެކެވެ. މިކަމާ ހުރެ އާންމު ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތަކާއި މުދާ ވެސް ލިބުން ދަތިވެފައިވެ އެވެ.

ލަންކާ އަށް އިގުތިސާދަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ އަކީ ގައުމުގައި ބޭރު ފައިސާ ނެތުމެވެ. އެހެންވެ ގައުމަށް މުދާ އެތެރެކުރުން ވަނީ އެއްކޮށްހެން ހުއްޓިފަ އެވެ. އަދި މީގެ ދައްޗާއި ތުރާ އާންމު ރައްޔިތުން ދަނީ އުފުލަމުންނެވެ.

މަސްރަހު ދިުރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރުން މި ދަނޑިވަޅުގައި ސޯޝަލް މީޑިއާގައި "ތަޅުއެޅުވީ" ގައުމުގެ ރައްޔިތުންގެ ހާލު ފޮރުވުމަށްޓަކަ އެވެ. އަދި ސޯޝަލް މީޑިއާ އަށް ނުވަދެވޭ ގޮތަށް ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ ކޮމިޝަން (އާރްޓީސީ) އިން ހެދީ ޑިފެންސް މިނިސްޓްރީގެ އެންގުމަށެވެ.