Last Updated: May 30, 21:29
Saturday, May 31, 2025
ވިޔަފާރި

އެސްޓީއޯ އިން ލުނބޯގެ އަގު ހެޔޮކޮށް ދީފި

އެސްޓީއޯ އިން ލުނބޯގެ އަގު ހެޔޮކޮށް ދީފި އެވެ.

އެސްޓީއޯ އިން ބުނީ ލުނބޯ އެތެރެކޮށް ވިއްކަން ނިންމީ މިވަގުތު ބާޒާރުގައި ލުނބޯގެ އަގު މައްޗަށް ދިއުމާ ގުޅިގެން އާއްމު ރައްޔިތުންނަށް އަގުހެޔޮކޮށް ލުނބޯ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އެސްޓީއޯ އިން ލުނބޯ ކިލޯއެއް ވިއްކަނީ 45ރ. އަށެވެ. ކޮންމެ މީހަކަށް އެއް ކިލޯގެ މަގުން އެސްޓީއޯ އިން ލުނބޯ ވިއްކާއިރު އެސްޓީއޯ އެގްރިސެންޓަރުން މީހަކަށް ތިން ކިލޯގެ ރޭޓުން ވިއްކާނެ އެވެ.

މާލޭ ބާޒާރުގައި ލުނބޯގެ އަގު މިވަގުތު ހުރީ ކިލޯއެއް 100ރ އިން މަތީގަ އެވެ.