Last Updated: March 29, 14:00
Friday, March 29, 2024
ދުނިޔެ

ބޮޑު މަހުޖަނު ޓްވިޓާގެ ހިއްސާ ގަނެފި

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް ޓްވިޓާގެ ހިއްސާތަކެއް ގަނެފި އެވެ.

މީޑިއާތަކުން ބުނީ ސްޕޭސް އެކްސް އާއި ޓެސްލާ ފަދަ ވަރުގަދަ ކުންފުނިތަކުގެ ވެރިޔާ އަށް ޓްވިޓާގެ 9.2 ޕަސެންޓް ހިއްސާ ވިއްކާލާފައިވާ ކަމަށާއި އެއީ 2.89 ބިލިއަން ޑޮލަރުގެ ހިއްސާ ކަމަށެވެ. މިއާ އެކު އޭނާ ވެފައި ވަނީ ފަރުދެއްގެ ހައިސިއްޔަތުން ޓްވިޓާގެ އެންމެ ގިނަ ހިއްސާ ކޮންޓްރޯލްކުރާ މީހާއަށެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެކަތި ކަމަށްވާ، ޓްވިޓާގެ ހިއްސާތަކެއް އީލޮން ގަނެފައި މި ވަނީ ހިޔާލުފާޅުކުރުމުގައި ޓްވިޓާގައި ހިފަހެއްޓުންތަކެއް ހުރި ކަމަށް ބުނެ އެއަށް ދާދި ފަހުން ވަރަށް ބޮޑަށް ފާޑު ވެސް ކިޔާފައި ވަނިކޮށެވެ. އޭނަ އަކީ ޓްވިޓާގައި އަބަދު ވެސް ވަރަށް ހަރަކާތްތެރި މީހެކެވެ. އަދި ފޮލޯވަރުންގެ އަދަދު 80.4 މިލިއަނަށް އަރަ އެވެ.

ޓްވިޓާގެ ހިއްސާތަކެއް ގަތުމަށް ފަހު އީލޮން ވަނީ ޓްވީޓެއްގައި އެޑިޓް ބަޓަން" އެއް ބޭނުންވޭތޯ އަހައި އާންމުންގެ ހިލާޔަށް ވެސް ހުޅުވާލައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީލޮން ޓްވިޓާގެ ހިއްސާތަކެއް ގަތުމާ ގުޅިގެން ހިއްސާގެ ބާޒާރުގައި ޓްވިޓާގެ ހިއްސާގެ އަގަށް 27 ޕަސެންޓަށް ވުރެ މަތީގެ އުފުލުމެއް އައިސްފައިވެ އެވެ.

މި ވަގުތު އެންމެ ބޮޑު މަހުޖަނުގެ ޝަރަފު އޮތް އީލޮން، 50، ގެ މިލްކިއްޔާތު 267.3 ބިލިއަން ޑޮލަރަށް އަރަ އެވެ.