Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން

މި ހަފުތާ އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާ އެކު ޖަލްސާތަކުގައި ދައްކާ ވާހަކަތައް އިޝާރާތުގެ ބަހުރުވައިން ގެނެސްދޭން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ އަޑުއިވުމުން މަހުރޫމުވެފައިވާ މީހުންނަށް އަމާޒުކޮށްގެން އިޝާރާތު ބަހުން ޖަލްސާތައް އަންނަ ހޯމަ ދުވަހުން ފެށިގެން ހުށަހަޅައި ދޭނީ ރާއްޖޭގައި އެ ދާއިރާ އިން އެންމު އާންމު އެއް މޫނު ކަމަށްވާ މަރިޔަމް ފަޒުނީ ކަމަށެވެ. އޭނާ އަކީ ޓީވީން ލައިވްކޮށް ގެނެސްދޭ އެކިއެކި ޕްރޮގްރާމްތަކާއި ނޫސް ކޮންފަރެންސްތައް ވެސް އިޝާރާތުގެ ބަހުރުވައިން ކިޔައި ދެމުން އަންނަ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު މީހެކެވެ.

އިޝާރާތުގެ ބަހުރުވައިން މަޖިލީހުގެ ޖަލްސާތައް ހުށަހަޅައިދޭން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ބޭއްވި ޔޫތު ޕާލިމެންޓް ތެރޭގައި ވެސް ވަނީ އަޑުއިވުމުން މަހުރޫމުވެފައިވާ ކުއްޖަކު އެކަން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ވެސް ހުށަހަޅާފައިވާތީ އެވެ.

އޭރު ނަޝީދު ވިދާޅުވެފައި ވަނީ އެކަމުގެ އިންތިޒާމުތައް ވަރަށް އަވަހަށް ހަމަޖައްސައިދެއްވާނެ ކަމަށެވެ.