Last Updated: April 27, 11:26
Saturday, April 27, 2024
މުނިފޫހިފިލުވުން

"އަނިޔާ" މާޗަށް ފަސްކޮށްފި

މަޝްްހޫރު ޑައިރެކްޓަރު އަހުމަދި ނިމާލުގެ ފިރިހެން ދަރިފުޅު ޖުމައްޔިލް ނިމާލް ފިލްމީ ދާއިރާ އަށް ތައާރަފްވާ ފިލްމް "އަނިޔާ" ކުރިން މި މަހުގެ 25 ގައި ޕްރީމިއާ ކުރާ ގޮތަށް ހަމަޖައްސާފައި ވަނިކޮށް އެ ފިލްމް އަންނަ މަހަށް ފަސްކޮށްފި އެވެ.

ނިމާލް ބުނީ ފިލްމް މާޗް 28 އަށް ފަސް ކުރީ މިހާރު އޮތް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ފިލްމް ނާޅުވަން ކަމަށެވެ.

އެހެންވެ މާޗް 28 ގަައި ފިލްމް އަޅުވާ އިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް އޮންނާނީ ނިމިފަ އެވެ. އެ އިންތިހާ އޮންނާނީ މާޗް މަހުގެ 22 ގަ އެވެ.

ނިމާލް ބުނީ "އަނިޔާ" އަކީ އޭނާ މީގެ އަހަރުތަކެއް ކުރިން ކުޅުނު ހިޓް ފިލްމް "ސިޓީ" އަށް އެއް ކަހަލަ ވާހަކައަަކަށް ހަދާފައިވާ ފިލްމެއް ކަމަށެވެ.

HMB

އެގޮތުން އެ ފިލްމުގައި ދައްކުވައި ދޭނީ އާއިލާއެއް ރޫޅުމުން ފިރިހެން ކުއްޖެއްގެ ހަޔާތަށް ދިމާވާ ހިތްދަތި ހާދިސާތަކެެކެވެ.

"އަނިޔާ" ގެ ލީޑް ރޯލް ޖުމައްޔިލް ކުޅެފައިވާ އިރު ނިއުމާ މުހައްމަދާއި ކޮޕީ އިސްމާއީލް ރަަޝީދާއި ފާތިމަތު ފަރީލާ ވެސް މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.