Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އެމްއީސީ ގުރުއާން މުބާރާތުގެ އެއް ވަނަ ރާޝާ އަށް

މީދޫ އެކުވެރިންގެ ޗެއިން (އެމްއީސީ) އިން އިންތިޒާމްކޮށްގެން ބޭއްވި ގުރުއާން މުބާރާތުން އެއްވަނަ މަރިޔަމް ރަޝާ ތައުފީގު ހޯދައިފިއެވެ.

މި ރޯދަ މަހުގެ ހުޅުދީ އާއ މީދޫއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ގުރުއާން މުބާރާތުގައި ރަޝާ ވަނީ 18 އަހަރުން ދަށުގެ ހިތުން ކިޔުމުން އެއްވަނަ އާއި ބަލައިގެން ކިޔުމާއި ނުބައިލައި ކިޔުމުގެ ގޮފިން އެއްކޮން ދެ ބައިން އެއްވަނަ ހޯދާފައެވެ. މުޅި މުބާރާތުންވެސް އެއްވަނަ ހޯދި ރަޝާއަށް ވަނީ އުމްރާ ދަތުރެއް ދީފަ އެވެ.

އެމްއީސީ ގުރުއާންމުބާރާތުން ވަނަ ލިބުނު ދަރިވަރުންނަށް އިނާމް ހަވާލު ކުރަނީ

މުޅި މުބާރާތުން ދެ ވަނައަށް ހޮވިފައިވަނީ މަލްދާ ހަލީމެވެ. އަދި މުޅި މުބާރާތުން ތިން ވަނައަށް ހޮވިފައިވަނީ އާމިނަތު ޒޯޔާ ބިންތު އަލީ މުހައްމަދެވެ. މުޅި މުބާރާތުން ދެ ވަނައަށް 10000 ރުފިޔާ، އަދި މުޅި މުބާރާތުން ތިން ވަނަ 5000 ރުފިޔާ ދީފައިވެ އެވެ.

އެމްއީސީ ގުރުއާންމުބާރާތުން ވަނަ ލިބުނު ދަރިވަރުންނަށް އިނާމް ހަވާލު ކުރަނީ

މި ރޯދަ މަހުގެ 15 އަދި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި މުބާރާތަކީ އެމްއީސީގެ އަހަރީ ދުވަހާ ގުޅިވައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ބޭއްވި މުބާރާތެކެވެ. މިއީ އެ ޖަމިއްޔާއިން ބޭއްވި ފުރަތަމަ ގުރުއާން މުބާރާތެވެ.