Last Updated: April 26, 23:59
Saturday, April 27, 2024
ރިޕޯޓް

ރޯދަ ރަހަ: ބޭކެޑް ކޮކަނަޓް

* ބޭނުންވާ ތަކެތި:

1 ދަޅު ގެރި ކިރު
3 ބިސް
½ ޖޯޑު ކާށި ކިރު
½ ޖޯޑު ކިރު
2 ޖޯޑު ކާށި ހުނި

* ތައްޔާރުކުރާނެ ގޮތް:

ތައްޓެއްގައި ގެރިކިރާއި ކިރު، ބިސް އަދި ކާށި ކިރު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ގާނާފައި ހުރި ހުނިކޮޅު އޭގެތެރެއަށް އަޅާލުމަށް ފަހު، ރަނގަޅަށް އެއްކޮށްލާށެވެ. ދެން، އަވަން ތައްޓަކަށް ރީއްޗަށް އޮއްސައިލާށެވެ.

އެއަށް ފަހު، 350 ޑިގްރީ ސެލްސިއަސް ގާތްގަނޑަކަށް 25 މިނެޓު ވަންދެން ފިހެލާނީ އެވެ.

ގުޅުންހުރި