Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

އެއިރޯފްލޮޓް މެއި 13 ގައި އަލުން ރާއްޖެ އަށް

ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމަ ހެދި ރާއްޖެ އަށް ދަތުރުކުރުން ހުއްޓުވާފައި އޮތް ރަޝިއާގެ ގައުމީ އެއާލައިން، އެއިރޯފްލޮޓްގެ ދަތުރުތައް އަންނަ މަހުގެ 13 ގައި އަލުން ރާއްޖެ އަށް ފަށަން ނިންމައިފި އެވެ.

އެ އެއާލައިންގެ ދަތުރުތައް ކުރިއެކޭ އެއްގޮތަށް އަލުން ފަށަން ތައްޔާރު ވަނީ އެކަމުގެ ހުއްދައަކަށް އެދި ދާދި ފަހުން ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ހުށަހެޅުމުން އެ ހުއްދަ ވެސް ދީފައިވާތީ އެވެ. ރަޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް އަލުން ދަތުރުތައް ފަށާ އިރު، އެ ގައުމަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމު ވެސް މެ އެވެ.

ދަތުރުތައް މެދުކަނޑާލަމް ޖެހުނު އިރު، ރާއްޖެ އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ވެސް ރަޝިއާ އެވެ. އެކަމަކު އެއިރޯފްލޮޓްފެ ދަތުރުތައް ހުއްޓުމުން އެ ގައުމުން އަންނަ ޓޫރިސްޓުން މަދުވެ، މިހާރު އެ ގައުމު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ދެވަނަ ގައުމުގެ ގޮތުގަ އެވެ. މި އަހަރުގެ މިހާތަނަށް ރަޝިއާ އިން ރާއްޖެ އަށް 54،624 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެންމެ ގިނަ ޓޫރިސްޓުން މިހާރު ރާއްޖެ އަށް އަންނަނީ އިނގިރޭސިވިލާތުންނެވެ.