Last Updated: May 2, 20:12
Friday, May 2, 2025
ޚަބަރު

އީޕީއޭގެ ޓްރަސްޓް ފަންޑަށް މެމްބަރަކު ހޯދަނީ

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ އެންވަޔަރަމަންޓް ރިސްޓޮރޭޝަން ޓްރަސްޓް ފަންޑްގެ ހިންގާ ކޮމިޓީ އަށް މެމްބަރަކު ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

އެތަނުން ބުނީ އަލުން ފުރުސަތު ހުޅުވައިލީ ފަންޑްގެ ހިންގާ ކޮމިޓީގައި ޖަމިއްޔާ ޖަމާއަތްތަކުން ތަމްސީލުކުރާނެ މެމްބަރަކު ހޯދަން ފެބްރުއަރީ މަހުގެ ކުރީކޮޅު އިއުލާންކުރުމުން އެއްވެސް މީހަކު ކުރިމަތިލާފައި ނުވާތީ ކަމަށެވެ.

އެހެންވެ އަލުން ފުރުސަތު ހުޅުވާލައި، ކުރިމަތިލާން މިހާރު ދީފައިވާ ސުންގަޑި އަކީ އަންނަ މަހުގެ 12 އެވެ.

އީޕީއޭ އިން ބުނި ގޮތުގައި ކުރިމަތިލާ މީހަކު ވާން ޖެހޭނީ ތިމާވެށީގެ ދާއިރާއިން ނުވަތަ ވެށްޓާ ގުޅޭ މުހިއްމު ދާއިރާއަކުން ދަށްވެގެން ރާއްޖޭގެ ހައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށެވެ.