Last Updated: April 18, 21:56
Thursday, April 18, 2024
ރިޕޯޓް

ރޯދަ ރަހަ: ކޮފީ ޕެނަ ކޮޓާ

* ބޭނުންވާ ތަކެތި:

1 ޖޯޑު ވިޕް ކުރީމް
1 މޭޒުމަތީ ސަމުސާ ކޮފީ
3 މޭޒުމަތީ ސަމުސާ ހަކުރު
3 މޭޒުމަތީ ސަމުސާ ޖެލަޓިން ޕައުޑާ
½ އޮރެންޖް ޒެސްޓް

ކޮކޯ ކްރީމަށް

1 ޖޯޑު ވިޕް ކުރީމް
1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑާ
2 މޭޒުމަތީ ސަމުސާ ހަކުރު

* ތައްޔާރުކުރާނެ ގޮތް:

ވިޕް ކްރީމް، ކޮފީ، ހަކުރު އަދި އޮރެންޖް ޒެސްޓް މަޑުގިނީގައި މިނެޓެއްހާ އިރު ކައްކާލާށެވެ. ދެން ކުޑަކޮށް ހޫނުކަން ކެންޑުނީމާ ޖެލަޓިން ޕައުޑާ އަޅައި ރަނގަޅަށް އެއްކޮށްލާނީ އެވެ. އެއްކޮށްލުމަށް ފަހު ދެ މިނެޓް ވަންދެން ކައްކާލުމަށް ފަހު ތައްޓަށް އަޅުއްވާ ފްރިޖަށް ލުމަށް ފަހު ފިނިވުމުން، ވިޕް ކުރީމް އަދި ހަކުރު އަޅައިގެން ކުރީމް ވިޕްކޮށްލުމަށް ފަހު ކޮކޯ ޕައުޑަ އަޅައި ޕެނަ ކޮޓާ އޭގެ މައްޗަށް އަޅާލާނީ އެވެ.