Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

އައްޑޫ ހޮސްޕިޓަލަށް 26 ނަރުހުން ހޯދަނީ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް 26 ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.

އެތަނުން ހޯދަން އިއުލާންކުރީ ދާއިމީ ރެޖިސްޓަޑް ނަރުހުންނާއި ސީނިއާ ރެޖިސްޓަރޑް ނަރުހުންނާއި ކްލިނިކަލް ނަރުހުންނެވެ.

މި ވަޒީފާތަކުގެ މުސާރައިގެ ގޮތުގައި 9،060-10،940ރ. ލިބޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ވަޒީފާ އަށް މީހުން ހޮވުމުގައި ބަލާނީ ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން އަދި ގާބިލްކަން ކަށަވަރުކުރުމަށް ކުރާ އިންޓަވިއުއަށް ކަމަށް އިއުލާނުގައި ވެ އެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ ފުރުސަތު އަންނަ މަހުގެ 8 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަންނާނެ އެވެ.