Last Updated: May 30, 20:09
Tuesday, May 30, 2023
ރިޕޯޓް

ރޯދަ ރަހަ: ޗިކެން މެންގޯ ސެލަޑް

* ބޭނުންވާނެ ތަކެތި:

2 ޗިކަން ބްރެސްޓްކޮޅު (ފެނުކައްކައި ކުދިކުދިކޮށްފައި)
2 ހުތް ނުވަތަ ދޮން އަނބު (ތޮށިމަށައި ކުދިކޮށް ކޮށާފައި)
2 ލުނބޮލުގެ ހުތް
1 ދިގުމިރުސް (ކޮށާފައި)
1 ފިޔާ (ކޮށާފައި)
2 މޭޒުމަތީ ސަމުސާ މާމުއި
½ މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައި)
¼ ޖޯޑު ޒައިތޫނި ތެޔޮ

* ތައްޔާރުކުރާނެ ގޮތް:

ކުޑަ ބޯތައްޓެއްގައި ލުނބޯ، މާމުއި، އިނގުރު އަދި ޒައިތޫނި ޔެތޮ އެއްކޮށްލާށެވެ. ދެން ބޮޑު ބޯތައްޓެއްގައި ކުކުޅު އަދި އަނބު އެއްކޮށްފައި ކުރިން ތައްޔާރުކުރި ތަކެތި ތެރެއަށް އަޅައި އެއްކޮށްލާނީ އެވެ.