Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

އޭޝިއާގެ އެންމެ މޮޅު ޑިޕްލޮމެޓަކަށް ޑރ. ފަރަހަނާޒް

ޑިޕްލޮމެޓް އޮފް ދި ޔިއަރ ފްރޮމް އޭޝިއާ އެންޑް އޯޝޭނިއާގެ އެވޯޑް އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިޒަލް އަށް ލިބިވަޑައިގެންފިއެވެ.

މި އެވޯޑް އެކަމަނާ އާ ޙަވާލުކުރައްވާފައިވަނީ، 25 އޭޕްރީލް ގައި ބޭއްވި އައި.އެޗް.ޖީ ޑިޕްލޮމެޓު އޮފް ދަ އިޔަރ އެވޯޑްސް ހަފްލާގައެވެ.

މި އެވޯޑް ޙަފްލާ އިންތިޒާމުކުރައްވާފައިވަނީ "ޑިޕްލޮމެޓް މެގަޒިން" ގެ ފަރާތުންނެވެ. "ޑިޕްލޮމެޓް މެގަޒިން" އަކީ ޚަރިޖީ ދާއިރާ އާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކާއި ވާހކަތައް ޝާއިޢުކުރާ މަޝްހޫރު މަޖައްލާއެކެވެ.

ޑިޕްލޮމެޓް އޮފް ދަ އިޔަރ އެވޯޑަކީ އިނގިރޭސިވިލާތުގައި ޤާއިމުކޮށްފައިވާ 165 އަށްވުރެ ގިނަ ޑިޕްލޮމެޓިކް މިޝަންގެ ޑިޕްލޮމެޓުންގެ ތެރެއިން ވޯޓިލައިގެން ދޭ ވަރަށް ޝަރަފުވެރި އެވޯޑެކެވެ. ކޮންމެ އަހަރަކުވެސް މި އެވޯޑު ދެނީ 10 ބޭފުޅަކަށެވެ. މިއީ މިއެވޯޑް ދޭތާ 12 ވަނަ އަހަރެވެ.