Last Updated: May 1, 20:45
Wednesday, May 1, 2024
ރިޕޯޓް

ރޯދަ ރަހަ: ވަން ޕޭން ޕާސްޓާ

* ބޭނުންވާ ތަކެތި:

1 ޕެކެޓް ޕާސްޓާ
12 ޗެރީ ޓޮމާޓޯ (ކުދިކޮށް ދެ ފަޅިކޮށްފައި)
3 ބޮޑު ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
1 ފިޔާ (ކުދިކުދިކޮށް ކޮށާފައި)
4 ލޮނުމެދު (ތުނިކޮށް ކޮށާފައި)
½ ސަމުސާ މުގުރި ހިކިމިރުސް
2 ސަމުސާ ޒައިތޫނި ތެޔޮ
ލޮނު، އަސޭމިރުސް
½ 4 ޖޯޑު ފެން
1 ޖޯޑު ކިރު
2 ޖޯޑު ޗީޒް (ގާނާފައި)

* ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް ފެން އެޅުމަށް ފަހު އޭގެ ތެރެއަށް ޕާސްތާ، ޗެރީ ޓޮމާޓޯ، އާދައިގެ ޓޮމާޓޯ، ފިޔާ، ލޮނުމެދު، މުގުރި ހިކިމިރުސް، ތެޔޮ، ލޮނު، އަސޭމިރުސް އަޅާ ގަދަގިނީގައި ކައްކާށެވެ. ކައްކަމުންދާ އިރު އުދުޅިން އިރުކޮޅުކޮޅާ ހުރިއާ އެއްޗެއް މިކްސްކުރަމުންދާށެވެ. ދެން ތެލީގައި ހުރި ތަކެތީގެ ތެރެއަށް ކިރާއި، ގާނާފައި ހުރި ޗީޒް އެޅުމަށް ފަހު މަތިޖަހާލާ ފަސްމިނެޓު މަޑުގިނީގައި ކައްކާލާނީ އެވެ.