Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

ރޯދަ ރަހަ: ޗީޒީ ޓޫނާ މެލްޓް ބަން

* ބޭނުންވާ ތަކެތި:

1 މަސް ދަޅު
1/3 ޖޯޑު ސެލެރީ (ކޮށާފައި)
2 މޭޒުމަތީ ސަމުސާ މެޔޮނައިޒް
4 ކުދި ބަނަސް
4 ޓޮމާޓޯ ފޮތި
8 ޗީޒް ސްލައިޒް (ފިނި ކަނޑުވާފައި)
2 ސަމުސާ ބަޓަރު

* ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ އަވަން 150 ޑިގްރީ އަށް ހޫނުކުރަން ޖައްސާފައި ދެ މިނެޓެއްހާ ވަންދެން ބަހައްޓާލާށެވެ.
ދެން ބަނަސްތައް ދެ ފަޅިކޮށްފައި، އެތެރެފުށުގައި ބަޓަރު ކޮޅެއް ހާކާލުމަށް ފަހު، ބަޓަރު ހޭކި ފަޅި މައްޗަށްވާ ގޮތައް އަވަނުގެ ޓްރޭގައި އަތުރާފައި އަވަނަށްލާ ދެތިން މިނެޓު ފިހެލާށެވެ.
އެއަށް ފަހު ބޯތައްޓެއްގައި މަސްކޮޅާއި ސެލެރީ، މަޔޮނައިޒް އަދި ލޮނުކޮޅު ރަގަނޅަށް މޮޑެލާށެވެ. ދެން ބަނަހުގެ ތެރެއަށް އެ މަސްގަނޑު އަޅާފައި، ޓޮމާޓޯ ފޮއްޗަކާއި ޗީޒް ދެފޮތިލުމަށް ފަހު އަވަނުގައި ފަސް މިނެޓު ހޫނުކޮށްލާނީ އެވެ. އޭރުން ޗީޒީ ޓޫނާ މެލްޓް ބަން ތައްޔާރުކުރެވުނީ އެވެ.