Last Updated: March 29, 17:30
Friday, March 29, 2024
ރިޕޯޓް

ރޯދަ ރަހަ: ވައިޓް ޗިކަން ޗިލީ

* ބޭނުންވާ ތަކެތި:

3 ބޯންލެސް ޗިކަން ބްރެސްޓް (ތިން ބަޔަށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ
1 ފިޔާ (ކުދިކޮށް ކޮށާފައި)
2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
½ މޭޒުމަތީ ސަމުސާ ދިރި
2 ފެހި ތޮޅި މިރުސް (ކުދިކޮށް ކޮށާފައި)
5 ޖޯޑު ހޫނުފެނުގައި ގިރާފައިވާ ޗިކަން ސްޓޮކް
½ 1 ކޯން (ދަޅުކުރި ވައްތަރު ފެންހުސްކޮށްފައި)
½ ޖޯޑު ސަވަރ ކްރީމް
ލޮނު/އަސޭމިރުސް

* ތައްޔާރުކުރާނެ ގޮތް:

ތާހެއްގައި މެދުގިނީގައި ފިޔާކޮޅު މީރުކޮށްލާށެވެ. ދެން އޭގެ ތެރެއަށް ލޮނުމެދާއި ދިރި އަޅައި އެއްކޮށްލާށެވެ. ދެ މިނިޓެއްހާ އިރު އެ ތަކެތި މީރުކޮށްލުމަށް ފަހު ފެހި މިރުސް، ކުކުޅު އަދި ޗިކަން ސްޓޮކް އަޅާ އެއްކޮށްލާށެވެ. ދެން ތާހުގެ މަތި ޖަހައި ކުކުޅު ރޯފިލަންދެން ކައްކާށެވެ.
އެއަށް ފަހު ކުޅުޅު ބްރެސްޓްތައް ތާހުން ނަގައި، ތައްޓެއްގެ މަތީގައި ބަހެއްޓުމަށް ފަހު އުލަކުން ކުދިކުދި ކޮށްލާށެވެ. ދެން އެކުކުޅުކޮޅު ލޮނާއި އަސޭމިރުސް، އަދި ކޯން ކޮޅަކާ އެކު އަލުން ތާހުގެ ތެރެއަށް އަޅާ ހުރިހާ އެއްޗެއް އެއްކޮލުމަށް ފަހު 10 މިނެޓު ކައްކާލާށެވެ.