Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

ކަނޑުތަކުގެ ފިނިހޫނުމިން ބެލުން ވަރަށް މުހިއްމު

ރާއްޖޭގެ ކަނޑުގެތަކުގެ ފިނިހޫނުމިން ބަލަމުން ދިއުން ވަރަށް މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަގްވާމީ މައިދާނުގައި ވެސް މި ފަހުން ރާއްޖޭގެ އަޑު އެންމެ ބޮޑަށް އުފުއްލަވާ ކުރީގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އޮތް އިންޑިއާ ކަނޑުގެ ހޫނުމިން ދަނީ އިންތިހާ އަށް މަތިވަމުން ކަމަށެވެ.

"[އެހެންވެ] ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ބަލަމުން ގެންދިއުން ވަރަށް މުހިއްމު،" ނަޝީދު ވިދާޅުވި އެވެ. "[އަދި] ފަރުތަކަށް ވާނެ ގޮތަކާ މެދު ފިކުރުކުރަން ޖެހޭ."

ރާއްޖެ އަށް ފަރުތަކުން އުފެދިފައިވާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޖަޒީރާ ގައުމެކެވެ. އަދި ރާއްޖެ އަކީ ދުނިޔޭގެ އެންމެ ބިންތިރި އެއް ގައުމެވެ. އެހެންވެ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާނެ އެއް ގައުމަކީ ވެސް ރާއްޖެ ކަހަލަ ޖަޒީރާ ބިންތިރި ގައުމުތަކެވެ.

ދުނިޔޭގެ ހޫނުމިން މިހާރު ވަރަށް ބޮޑަށް މަތިވަމުންދާ އިރު، ދުނިޔޭގެ ދެ ތަނޑީގައިވާ ކަނޑުފެންތައް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލި އޭގެ ނުރައްކަލާ ވެސް އެންމެ އަވަހަށް، ކުރިމަތިލާން ޖެހިދާނެ އެއް ގައުމަކީ ރާއްޖެ އެވެ. ތިމާވެށީގެ ދާއިރާ އިން ރާއްޖޭން ބައިނަލްވާމީ މައިދާނުގައި އެންމެ އަޑު ހަރުކޮށް، އެންމެ ގިނައިން ދައްކާ އެއް ވާހަކަ އަކީ ވެސް މި އެވެ.