Last Updated: April 19, 13:47
Friday, April 19, 2024
ރިޕޯޓް

ރޯދަ ރަހަ: ގާލިކް ބަޓާ ރައިސް

* ބޭނުންވާ ތަކެތި:

½ ޖޯޑު ބަޓަރު
1 ޖޯޑު ބާސްމަތީ ހަނޑޫ
3 ޖޯޑު ހޫނު ފެނުގައި ގިރާފައިވާ ޗިކަން ސްޓޮކް
5 ސައިސަމުސާ ލޮނުމެދު (ތުނިކޮށް ފޮތިކޮށްފައި އަވަނުން ފިހެފައި ނޫނީ ތެލުލާފައި)
ކޮރިއަންޑާ ފަތް ނުވަތަ ސްޕްރިން އަނިއަން (ކުދިކޮށްކޮށާފައި)

* ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ އުދުން މެދު ގިނީގައި ބަހައްޓައިގެން ތާހެއްގެ ތެރެއަށް ބަޓަރު އަޅާ މެލްޓްކޮށްލާށެވެ. ދެން އޭގެތެރެއަށް ހަނޑޫކޮޅު އަޅައި ތެލީގެ ފުލުގައި ނުހި ފާވަރަށް ގިނަ ގަދަކޮށް، ހަނޑޫ ހަނާކުރަންފަށާށެވެ. ހައެއް މިނެޓު ހަނޑޫ ކައްކާލުމަށް ފަހު ތާހަށް ޗިކަން ސްޓޮކް އަޅާލައި އެއްކޮށްލާށެވެ.

އެއަށް ފަހު ފެން ހިނދި ހަނޑޫ ކެއްކެންދެން މަތިޖަހާ ބަހައްޓާށެވެ. ދެން އެންމެ ފަހުން ތެއްލާފައި ހުރި ލޮނުމެދު އަދި ކޮށާފައިވާ ކޮރިއަންޑާ ނުވަތަ ސްޕްރިންގް އަނިއަން ބަތްއެތި ތެރެއަށް އަޅައި އެއްކޮށްލާށެވެ.