Last Updated: May 22, 03:27
Tuesday, May 21, 2024
ޚަބަރު

އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ޕްރޮމޯޝަނެއް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސުޕަމާޓް ނަމުގައި އޮޅުވާލައިގެން ސޯޝަލް މީޑިއާގައި ފައިސާގެ އިނާމު ލިބޭ ފަދަ ޕްރޮމޯޝަނެއް ހިންގާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ ކަސްޓަމަރުންނަށް އިނާމް ލިބޭ ފަދަ އޮންލައިން ޕްރޮމޯޝަންތައް ކުރިއަށް ގެންދާނީ އެ ކުންފުނީގެ އޮފިޝަލް ޕޭޖްތަކުން ކަމަށެވެ.

އެގޮތުން ޕްރޮމޯޝަނެއްގައި ބައިވެރިވެ އިނާމެއް ހަވާލު ކުރުމަށް އެސްޓީއޯ އިން ކަސްޓަމަރުންނަށް އަބަދުވެސް ގުޅާނީ އެސްޓީއޯގެ ކޯލް ސެންޓަރުގެ ނަންބަރު 1422 އިން ކަމަށް އެސްޓީއޯ އިން ބުންޏެވެ.

"ވީމާ މިފަދަ ޕޯސްޓުތަކުގައި ބައިވެރި ނުވުމަށާއި ޝެއާ ނުކުރުމަށް މި ކުންފުނިން އިލްތިމާސް ކުރަމެވެ،" އެސްޓީއޯ އިން ކުރި އިއުލާންގައިވެ އެވެ.